ރާއްޖެއިން ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 70 އަހަރުގެ ފިރިހެނަކު މިއަދު 3:42 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާގޮތުގައި އެމީހާއަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑް ޖެހިގެން އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. މީގެއިތުރުން މިމަހުގެ 24 ވަނަ ދުވަހު ވެސް ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 53 އަށް އަރާފަ އެވެ. އެއީ 46 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރާން ފެށުމުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ވާރޭ ވެހި މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
