ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭގެ ޑިރެކްޓަ ޖެނެެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ކަމުގެ ލިޔުން ރަށު ކައުންސިލަށް ފޮނުވާފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެވެ.
އެ ދެ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
ތިނަދޫގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ގއ. ދާންދޫ، އއ. ތޮއްޑޫ، ހއ. މުރައިދޫ އަދި މ. ކޮޅުފުއްޓެވެ.

އެމްއެސްއެލް އިން މިސާލެއް: ސަރުކާރުން ތަކުރާރު ކުރާ ބޮޑު ގޯސް
ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟
