ބޮލީވުޑްގެ ކޮމެޑީ ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އެކްޓަރެއް ކަމަށްވާ ޝްރެޔާސް ތަލްޕަޑޭއަށް ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޝްރެޔާސްއަށް ހާޓްއެޓޭކެއް ޖެހުނީ މުމްބާއީގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޝޫޓެއް ނިންމާލި ފަހުންނެވެ.
ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ ޝްރެޔާސްގެ ހިތުގެ އެންޖިއޮޕްލާސްޓީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
އިއްޔެ ޝްރެޔާސްގެ އަންހެނުން ދީޕްތީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝްރެޔާސްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އާއްމުންނާއި މީޑިއާއަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
ޝްރެޔާސްއަކީ ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒްތަކުން އާއްމުކޮށް ފެންނަ މޫނެކެވެ. އެގޮތުން ގޯލްމާލް އަދި ހައުސްފުލް ފްރެންޗައިޒްގެ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެ.
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
ކެނެޑާ ބަލިކޮށް ސްވިޒަލެންޑް އެއްވަނައަށް