ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވި ވަގުތާ ދިމާކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މަޖިލިސް އިދާރާ ކައިރީ މުޒާހަރާކޮށްފި އެވެ.

ފުލުހުން މަޖިލިސް ކައިރީގައި އޮންނަ މަގުތައް ބެރިކޭޑު ޖަހައި ބަންދުކޮށްފައި ހުރުމުން މުޒާހަރާ ކުރީ މަޖީދިއްޔާ ސްކޫލް ކުރިމަތީގަ އެވެ. އެއްވި މީހުން ތިބީ ސަރުކާރުންވެފައިވާ ވައުދުތައް ހަނދާކޮށްދިނުމުގެ ގޮތުން ބޯޑު ހިފައިގެންނެވެ. އަދި އެ ވައުދުތައް ހަނދާންކޮށް ދިނުމުގެގޮތުން ޝުއޫރުފާޅުކުރަމުން ގެންދިޔަ އެވެ. އެގޮތުން ފަސް ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް އަދިވެސް ނޭޅޭ ކަމަށާއި ކޮވިޑުގެ ނަމުގައި ތައުލީމީ ނިޒާމު ފުނޑާލާފައިވާ ކަމަށް އެ މީހުން ގޮވަމުން ދިޔަ އެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ ސޯސަންމަގުގައި މިއަދު މުޒާހަރާކުރަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި އިރު މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އަޑުގަދަ ކުރައްވައި ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ.

އިދިކޮޅު މެމްބަރުން ވެސް ވަނީ "ފްރީ ޕްރެޒިޑެންޓް ޔާމީން" ޖަހާފައިވާ ބެނާއެއް ހިފައިގެން މަޖިލިސް ދޮށަށް އެއްވެފަ އެވެ.