މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ވިލިނގިލީ ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކަނޑުމަތީގައި ހާލު ދެރަވެގެން ގއ. ދާންދޫ ސިއްހީ މަރުކަޒަށް ރޭ ދަންވަރު 12:25 ހާއިރު ގެންދިޔަ އެވެ. ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ ބިދޭސީ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހާގެ ހާލު ދެރަވީ ލިބުނު އަނިޔާއަކުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގް އެތެރެކުރަން އުޅެފި
ދެން ބޮލީވުޑުން ބައްޕައެއް ނުފެންނާނެ: ސޮނާކްޝީ