ކުރީގެ ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް 1 ޖެނުއަރީން ފެށިގެން ފުލުހުންގެ މުސާރަ މިވަގުތު ބޮޑުކޮށްދެވެން ނެތް ކަމަށް އަންގައިފި އެވެ.

ފުލުހުންގެ ހެޑް އޮފް ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ސޮއިކުރައްވައި އިއްޔެ ނެރުނު ދެންނެވުމެއްގައި ވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް އަންގައިފަ އެވެ.

އެ އެންގުމުގައި ވަނީ ދައުލަތުގެ މުސާރަ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވޯކަށް" ފުލުހުންގެ މުސާރަ ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވެން ނެތީ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް 36 ބޭފުޅަކަށް

އެމްޑީޕީން ބުނީ އެއް ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެ ދާއިރާތަކުގެ ޓިކެޓް އެބޭފުޅުންނަށް ކަށަވަރުވީ ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވަނީ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. ރަސްމީކޮށް މިދަތުރުފުޅާ ބެހޭ މައުލޫމާތު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ 5 އަހަރުގެ ތެރޭގައި 69،780 ވެހިކަލް ރަޖިސްޓްރީ ކުރި!

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަމީން ވިދާޅުވީ ފާއިތުވީ ފަސް އަހަރު އާދަޔާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މިގޮތަށް ކުރިއަށްދާ ނަމަ، މާލެ ސަރަހައްދުގެ ޓްރެފިކް ދާނީ ނުހިފެހެއްޓޭ ހިސާބަށް ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރު ސިއްސައިގެންދާ ވަރުގެ އަދަދުތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ބޮޑުވެފައި ވަނިކޮށް ޑޮމެއިން ނަންބަރު ވިއްކަން ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަމީން ވިދާޅުވީ މި ސަރުކާރުން މިނިސްޓްރީއާ ހަވާލުވި އިރު، ޑޮމެއިން މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށެވެ. ނަމަވެސް ޑޮމެއިން ވިއްކަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލި ފުރަތަމަ ފަހަރު: ނައިބު ރައީސް

ނައިބު ރައީސް މިފަދައިން ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނުކުންނަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

20 ވަނަ މަޖިލިހުގައި ވާދަނުކުރެއްވުމަށް ހިސާން ނިންމަވައިފި

ހިސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް ދާއިރާގެ ހުރިހާ އެންމެންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.