ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިނގިރޭސި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ލަވަކިޔުން ހުއްޓާލައި ކެރިއަރު ނިންމާލަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.
މިދިޔަ ހަފްތާގައި އޮތް ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސެލީނާ ބުނީ އޭނާއަށް ދެން އޮތީ އެންމެ އަލްބަމްއެއްގެ މަސައްކަތް ކަމަށެވެ.
ސެލީނާ އިތުރަށް ބުނެފައިވަނީ ދިރިއުޅުމުގައި އެކި ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ކަމަށާއި މިވަގުތު އެންމެ ކުރަން ބޭނުންވާ ކަމަކީ އެކްޓިން ކަމަށެވެ.
ވަރަށް ޅަ އުމުރުގައި ޑިޒްނީގެ ޕްރޮޖެކްޓަކުން ލަވަކިޔުމުގެ ދާއިރާއަށް ތައާރަފްވި ސެލީނާ އެންމެ ކުޑައިރުއްސުރެ ވެސް ބޭނުންވީ އެކްޓަރަކަށް ވާށެވެ.
ސެލީނާއަކީ އޭނާގެ އަލްބަމްތަކަށްޓަކައި ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭގެ ތެރޭގައި އެމީ އެވޯޑްސްއާއި ގޯލްޑަން ގްލޯބް ހިމެނެ އެވެ.