ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ އުންމީދުގައި ފޯމު ހުށަހަޅައި ފޯރިއާއެކު ކެމްޕެއިން ކުރަމުން ދަނިކޮށް އެތައް ބައެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމައިފި އެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި 60 ވުރެ ގިނަ މީހުންނަށް ވަނީ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެކި މީހުންނަށް ފޮނުވި ސިޓީގައި ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމަށް ދައްކާފައި ވަނީ އެކި ބަހަނާ އެވެ. އެގޮތުން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ވެސް ބައެއް މީހުންނަށް ފޮނުވި ސިޓީގައިވެ އެވެ.
ބައެއް މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމުން ޕްރައިމަރީއަކާ ނުލައި ވެސް ވަނީ ބައެއް މީހުންނަށް ޓިކެޓް ކަށަވަރުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު ޕީއެންސީގައި 3000 މެމްބަރުން ހަމަވީ ކިރިޔާ އެވެ. މިއަދު އެ ޕާޓީގެ މެމްބަރުންގެ އަދަދު ގިނަވެފައި ވަނީ ޕްރައިމަރީގައި ވާދަކުރާ އެތައް ބަޔަކު އެ މީހުންނަށް ވޯޓު ހޯދުމަށް ގިނަ ބަޔަކު ޕާޓީއަށް ވެއްދުމުންނެވެ.
މިކަމާ ގުޅިގެން ޕީއެންސީން ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެ އެވެ.
ފިތުނަ އުފައްދާގެން ވެރިކަމަށް އައި ބަޔަކު މިކަހަލަ ވާހަކަ ދެއްކީމަ އަންނަނީ ހިނި ‘’އޭންޓު’’