އައިފޯނަށް ބޮޑެތި އަދި ގިނަ ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ދާދި ފަހުން ހާމަކޮށްފި އެވެ.
އެޕަލްއިން ބުނީ އައިފޯން އުފައްދަން ފެށީއްސުރެ އެންމެ ފުރަތަމަ ފަހަރަށް އެހެން ސާވާތަކުން އެޕްލިނޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހެދޭނެ ކަމަށެވެ.
ހަމަ އޭގެ އިތުރުން އެކްސްބޮކްސް ފަދަ ގޭމިން ސާވިސަސްތަކަށް ވެސް އައިފޯން މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭ ގޮތަށް އެ ކުންފުނިން ހަދާނެ އެވެ.
އެކި ސާވާތަކުން އެޕްލިކޭޝަން ޑައުންލޯޑް ކުރުމުގެ ހިދުމަތް ލިބޭނީ ހަމައެކަނި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ނަމަވެސް ގޭމިންއަށް ގެނެވޭ ބަދަލުތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އައިފޯން ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ އެވެ.
މި ބަދަލުތަކާއެކު އައިފޯން ބޭނުންކުރާ މީހުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ އެވެ. މީގެ ކުރިން އައިފޯނު ބޭނުން ކުރުމުގައި ގިނަ ހިފެހެއްޓުންތަކެއް ހުރެ އެވެ.