ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ފަތުހުﷲ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުހުﷲ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަން އެ އިދާރާގެ އިސް މުވައްޒަފުންނަށް ވަނީ އަންގަވައިފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގަ އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!