ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ތިމާގެ ހަށިގަނޑުން އެކަން އެނގޭނެ އެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުންވެސް އެކަން ފާހަގަ ވާނެ އެވެ. އެގޮތުން ލޮލަކީ ގިނަ ސިއްހީ މައްސަލަތައް ދެނެގަނެވޭނެ ގުނަވަނެކެވެ.

ލޯ ރަތް ވުން

އެންމެނަކީ މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ ބައެކެވެ. ކޮމްޕިއުޓަރު ކައިރީގައި ބުރަކޮށް އެތަށް އިރަކު މަސައްކަތް ކުރާ ބައެކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމަކެވެ. ގިނަ އިރު ކޮމްޕިއުޓަރު ކައިރީ އިނދެ މަސައްކަތް ކުރުމަކީ ލޯ ރަތް ވުމަށް ދިމާވާ ކަމެކެވެ. އެހެން ވުމުން ލޮލުން ދިލަ ނަގާ ލޮލުގެ ފެނުމަށް އަަސަރު ކުރެ އެވެ. ލޮލުގެ ތެއްކަން ދަށްވެ އެކި ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ.

ބުމައިން އިސްތަށި ފޭބުން

ހާސްވެ ކަންބޮޑުވުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންސް އަދި މިނަރަލްސް ނުލިބުން ނުވަތަ ދިފާއީ ނިޒާމުގެ މައްސަލައަކުން ވެސް މިހެން ދިމާވެދާނެ އެވެ. ނުވަތަ ތައިރޮއިޑް އަދި ހޯމޯންސްއަށް އަންނަ ބަދަލަކުން ވެސް މި މައްސަލަ ކުރިމަތި ވެދާނެއެވެ. އެހެން ކަމުން މި މައްސަލަ ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެެވެ.

ލޯ ފުސްވުން

އެއްޗެއް ކިޔާއިރު ނުވަތަ ބަލާއިރު ވަކި ހިސާބެއް ފުސްވެފައި ހުރުން އެއީ ވެސް ދިމާވާ މައްސަލައެކެވެެ. ހަކުރު ބަލި ހުންނަ މީހުން މިއީ އާންމު މައްސަލައެކެވެ. އާންމުކޮށް މިހެން ވަނީ ލޭނާރުތައް ހަލާކުވެ ލޮލުގެ ފަހަތުގައި އިންނަ ފަށަލައިގެ ޓިޝޫތައް ހަލާކުވުމުންނެވެ.