ތައިރޮއިޑްގެ ބަލިތަކަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމު ބަލިތަކެކެވެ. ވީއިރު މި ބަލިތަކުގެ އެންމެ ފުރަތަމަ ކުދި އަލާމާތްތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.

މޫނު ފުފުން

މޫނު ކުރިއަށްވުރެ ފުފި، ދުޅަވެފައިވާހެން ހީވާނަމަ ތައިރޮއިޑް ޓެސްޓްކުރުން ރަނގަޅުވާނެ އެވެ. ތައިރޮއިޑް ރަނގަޅަށް މަސައްކަތް ނުކުރާނަމަ ހަށިގަނޑުގައި ފެން ގިނަވެ މޫނު ދުޅަވާނެ އެވެ.

ލޯ ފުސްވުން

ތައިރޮއިޑް މައްސަލަތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ފެން ލޯ ކައިރީގައި ހުންނަ ޓިޝޫތަކުގައި ޖަމާވެ އެވެ. ނަތީޖާއަކީ ލޯ ފުސްވެ ލޮލުގެ ފެނުމަށް ބަދަލު އައުމެވެ.

ރަހަ ތަފާތުވުން

ކާނާގެ ރަހަ ދެނެގަތުމަށްޓަކައި ދުލާއި ސިކުނޑި އެކީގައި މަސައްކަތް ކުރެ އެވެ. ނަމަވެސް ތައިރޮއިޑް މައްސަލަތައް ހުންނަ ނަމަ މި ދެ ގުނަވަނުގެ މަސައްކަތަށް ވެސް ބުރޫ އަރުވައި، ކާތަކެތީގެ ރަހަ ގެއްލުވާލަ އެވެ.

އައްސިވުން

ހެނދުނު ހޭލާއިރު އިނގިލިތައް ގަބުވެ، އައްސިވެފައި ހުރޭ ހެއްޔެވެ؟ މިއީ ތައިރޮއިޑް މައްސަލައެއްގެ ސަބަބުން ނާރުތަކަށް އަސަރު ކުރުމުން ކުރިމަތިވާ ކަމަކަށް ވެދާނެ އެވެ.