ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ތަރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާގެ ދަރިންނާ އެކު ޖޯޖީނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯއަލި މޯލްޑިވްސްގަ އެވެ.

ޖޯޖީނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައި ވަނީ ރާއްޖެއަށް ނިސްބަތްވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގަ އެވެ. އެއީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ޖޯޖީނާ އާއިލާ އާއި ރައްޓެހިންނާ އެކު ކުރަމުންދާ މި ދަތުރުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެ އެވެ.

ޖޯޖީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ރޮނާލްޑޯއާ ގުޅައިގެން

ޖޯޖީނާ އަންނަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އަދި ރާއްޖޭގައި ހުރެގެން ރޮނާލްޑޯއާ ގުޅައިގެން އުޅޭ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

ޖޯޖީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން

ޖޯޖީނާ ރޮޑްރިގޭޒް ހެނާންޑޭޒް އަކީ އާޖެންޓީނާއަށް އުފަން ސްޕެއިންގެ މީސްމީޑިއާ އިންފްލުއެންސަރެއް އަދި މޮޑެލްއެކެވެ.

މީގެ ކުރިން ވެސް ރޮނާލްޑޯއާ އެކު ޖޯޖީނާ ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.