ބެކްނޭ ނުވަތަ ބުރަކަށީގައި ނަގާ ބިހީގެ މައްސަލަ އަކީ އާންމުކޮށް ފިރިހެނުންނަށް ދިމާވާކަމެކެވެ. މިއީ ކަހައި ހިރުވައި އެކި ކަހަލަ އުނދަގޫތައް ދިމާވާ ކަމެކެވެ. މި އާޓިކަލްގައި ބެކްނޭ އިން ރައްކާތެރި ވެވިދާނެ ބައެއް ގޮތްތަކަށް ބަލާލާނަމެވެ.
ދަލުން ރައްކާތެރިވުން
ދާ ހިތްލުމަކީ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެކެވެ. ނަމަވެސް ދާހިއްލުމަށްފަހު ގިނައިރު ވާނަމަ އެއިން އުފެދޭ ޖަރާސީމުން ހަމުގެ ޕޯސްތައް ބެދި ބިހިނެގުމަށް މަގުފަހިވެ އެވެ. މީގެ ހައްލު ވަރަށް ފަސޭހަ އެވެ. ގަޔަށް ނުހިފާ ނުވަތަ ކޮޓަން ފޮތީގެ ހެދުން ނުވަތަ ގަމީސް ލުމަށް އާދަކުރާށެވެ
އަންނައުނު ދޮވުން
ލާ ހެދުން ތަކަކީ ސާފު ހެދުންތައް ކަމުގައި ހަދާށެވެ. އެގޮތުން ހެދުން ދާ ވުމުން ދޮވެ އިސްތިރިކޮށްފައި ބެހެއްޓުމަކީ ބިހިނެގުމާއި މި ނޫންވެސް ހަމުގެ އެކި ކަހަލަ އުނދަގޫތަކަށް ފަރުވާ އެކެވެ. މީގެ އިތުރުން ބާލީސް އުރައާއި ބެޑްޝީޓް ފަދަ ގަވާއިދުން ބުރަކަށީގައި ޖެހޭ ތަކެތި ވެސް ގަވާއިދުން ދޮންނާށެވެ.
ފެންވެރުމަށްފަހު މޮއިސްޗަރައިޒް ކުރުން
ބުރަކަށީގެ ހަން ބައެއް ފަހަރު މޫނުގެ ހަމަށްވުރެ ހިކި ނުވެދާނެ އެވެ. ނަމަވެސް ބުރަކަށީގެ ހަންގަނޑުވެސް މޮއިސްޗަރައިޒް ކުރުމަކީ މުހިއްމު ކަމެކެވެ. ޖެލް ބޭސްޑް މޮއިސްޗަރައިޒަރެއް ބޭނުން ކުރާށެވެ. އަދި ބުރަކަށި އިރުގެ އައްޔަށް އެކްޕޯސްވާނަމަ މޮއިސްޗަރަޒިން އެސްޕީއެފެއް ބޭނުން ކުރާށެވެ.
އިސްތަށިގަނޑު ދޮވުން
އިސްތަށގަނޑު ގަވައިދުން ނުދޮންނަ ނަމަ އިސްތަށިގަނޑުގައި ހުންނަ ތެލުގެ އަސަރު ބުރަކަށްޓަށް ކޮށް ބހި ނެގުން އެކަށީގެންވެ އެވެ. އަދި އިސްތަށިގަނޑު ދިގު ނަމަ ކަސްރަތު ކުރަން ދާއިރު އިސްތަށިގަނޑު އައްސައިގެން ކަސްރަތު ކުރުމުން ބޮލުގައި އުފެދޭ ދާތައް ބުރަކަށްޓަށް ފޭބުމުން ރައްކާތެރިކޮށްދޭނެ އެވެ.