ލުނބޯއަކީ އަހަރެމެންގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ކެއުންތަކުގައި ގިނަ ފަހަރަށް ބޭނުންކުރާ މި ބާވަތުން އިތުރު ބޭނުންތައް ކުރެވޭކަން އެނގެނީ އަހަރެމެންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.
ލައްތައް ފިލުވައިދޭ
ހެދުމުގައި ޖެހޭ ލައްތައް ފިލުވާލުމަށް ލުނބޯއަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ލައްގަނޑެއް ޖެހިފައިހުރި ތަނެއްގައި ލުނބޮއެއްގެ އެއްފަޅި ރަނގަޅަށް ހާކާލުމަށްފަހު އެއްރޭ ބާއްވާށެވެ. އަދި އެއަށްފަހު އާދައިގެ މަތިން އެ ހެދުމެއް ދޮވެލާށެވެ. ލައްތައް ފިލައިގެން ދާނެ އެވެ.
ނުބައިވަސް ފިލުވައިދޭ
އައިސްއަލަމާރީގައި ހިފާފައި ހުންނަ ނުބައިވަސް ފިލުވާލުމަށް ލުނބޮއެއް ފަޅިކޮށްފައި އައިސްއަލަމާރި ތެރޭގައި ބާއްވާށެވެ. އެންމެ ރަނގަޅު ގޮތަކީ އެގޮތަށް ލުނބޮއެއް އަބަދުވެސް އައިސްއަލަމާރި ތެރޭގައި ބޭއްވުމެވެ. އެގޮތުގެ މަތީން ނުބައިވަސް އައިސްއަލަމާރި ތެރޭގައި ހިފުން ދުރުވާނެ އެވެ.
ފަނިފަކުސާ މަދުކޮށްދޭ
ބަދިގޭގައި ކުރަތްޕާއި ހޯނު އަދި ހިނި ފަދަ ދިރޭތަކެތި އުޅުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ބަދިގޭގެ އެކިތަންތަނުގައި ލުނބޯ ފޮތިތައް ބަހައްޓާށެވެ. ލުނބޯގެ ވަހަށް އެސޮރުމެން ފިލާނެ އެވެ.
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައިފި
އީރާނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ