ބޮލީވުޑްގެ ޒުވާން މޮޑެލް އަދި އެކްޓްރެސް ޕޫނަމް ޕާންޑޭގެ މަރުގެ ހަބަރު އިއްޔެ މީޑިއާގައި ފެތުރުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ސާވިކަލް ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ޕޫނަމް މަރުވިކަން އޭނާގެ ޓީމުން ވެސް ޔަގީން ކޮށްދިނެވެ.
އެހެން ނަމަވެސް އެ ހަބަރުތަކަށް 24 ގަޑިއިރު ނުވަނީސް އެކަމާ ގުޅޭ ގޮތުން އާ ހަބަރެއް މިވަނީ އިވިފަ އެވެ. މަރުވި ކަމަށް ހަބަރު ފެތުރިފައިވާ ޕޫނަމް ޕާންޑޭ މިވަނީ އޭނާ މަރުނުވާ ކަމަށް ބުނެ އޭނާގެ އަމިއްލަ އެކައުންޓުން ޕޯޯސްޓެއް ކޮށްފަ އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޕޫނަމް ބުނީ އޭނާ އަދި ދިރި އެބަހުރި ކަމަށާއި ކެންސަރު ކެންސަރުގެ ސަބަބުން އޭނާ މަރުނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ބަލީގައި އެތައް ހާސް އަންހެނުންނެއްގެ ފުރާނަ ގެއްލިފައިވާކަން ޕޫނަމް ފާހަގަކުރި އެވެ.
މިފަހުން ފެތުރުނު އޭނާގެ މަރުގެ ހަބަރުތަކާ ގުޅޭ ގޮތުން ޕޫނަމް ބުނީ އޭނާގެ މަރުގެ ހަބަރުން އެންމެންގެ ސަމާލުކަން ކެންސަރު ބައްޔަށް ލިބުނީތީ އުފާކުރާ ކަމަށާއި އެހެން ނަމަވެސް އެ ހަބަރުން ހިތްދަތިކަން ލިބުނު އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ޕޫނަމްގެ މި ވީޑިއޯއާއެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ޕަބްލިސިޓީ ސްޓަންޓެއްގެ ގޮތުގައި މަރު ބޭނުން ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ނުކުމެއްޖެ
އެންމެ ފަހުން ގޯވިންދާގެ ވަރުގަދަ ރައްދެއް އަންހެނުން ސުނީތާއަށް!
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި