މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ޑރ. އަހްމަދު ޝަމްހީދު ކާމިޔާބު ކުރައްވައިފި އެވެ.
ޑރ. ޝަމްހީދަށް 187 ވޯޓު ލިބިވަޑައިގެންނެވިއިރު، ހުސައިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި ޑރ. ޝަމްހީދު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ.
އޭނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.

ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި
ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
