ދިވެހި ރާއްޖެއިން ތިން ގައުމަކަށް ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އެ ނަންތަކަކީ ސްރީ ލަންކާގެ ސަފީރަކަށް މަސްއޫދު އިމާދު, މެލޭޝިއާގެ ސަފީރަކަށް ޑރ. މަރިޔަމް ޝަބީންގެ އތުރުން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ގީލާ އަލީ އެވެ.
ލަންކާ ސަފީރު ކަމަށް އައްޔަން ކުރަން ފޮނުއްވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް އައްޔަން ކުރަން ފޮނުއްވި ގީލާ އަލީއަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ކަނބަލެކެވެ. ގީލާ ވަނީ ކުރިން ހާރިޖީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މިސައިލް ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ: އީރާން
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟