މާލެއިން 154 ކޭސްއާ އެކު މިއަދު ޖުމްލަ 192 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 27 މީހަކު ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 192 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 17،101 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،216 ގައި މިހާރު ހުރިއިރު 14،822 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހަފްތާގައި ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފަށައި، މިއަދު ވަނީ 3،306 މީހަކަށް ވެކްސިން ދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ޖުމްލަ 16،251 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ދީފައި ވަނީ 2833 މީހުންނަށެވެ.

މިހާރު ރާއްޖޭގައި 55 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.