ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓްގެ ފަރާތުން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް މީޑިއާނެޓު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާޗު 21ގެ ނިޔަލަށެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޕްރޮމޯޝަން އިތުރަށް ކުލަގަދަވާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ނަސީބުވެރި ކަސްޓަމަރުންނަށް އިނާމު ލިބޭއިރު މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒެއް ވެސް ވަނީ ހިމަނާފަ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މީޑިއާނެޓް ކަސްޓަމަރުންނަށް ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ވެސް ކޮންމެ ހަފްތާއަކު ޙާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެ ހަފްތާގެ އިނާމު ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި:
- ފުރަތަމަ ހަފްތާ: މިޑިއާ ބްރޭންޑުގެ ފްރަންޓް ލޯޑް އިންވާޓާ ދޮންނަ މެޝިނެއް
- ދެވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 338 ލީޓަރު އިންވާޓާ ފްރިޖެއް
- ތިންވަނަ ހަފްތާ: ޓީ ސީ އެލް ބްރޭންޑްގެ 55 އިންޗީގެ ޓީވީ އެއް
- ހަތަރުވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 8 ބައި ހިމެނޭ ޑިޝްވޮޝާއެއް
- ފަސްވަނަ ހަފްތާ: 25 ލީޓަރުގެ އެއާ ފްރަޔާ އަވަނެއް
މީޑިއާނެޓުން ބުނިގޮތުގައި ކޮންމެ ހަފުތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ އިތުރުން މީޑިއާނެޓްގެ ހުރިހާ ޗެނަލެއް ލިބޭ ޕެކޭޖު "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިބް ނުވަތަ އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ޚާއްސަ ގްރޭންޑް ޕްރައިޒެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ގްރޭންޑް ޕްރައިޒްގެ ގޮތުގައި ނަސީބުވެރި އެއްފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ދެ މީހުންގެ ރިޒޯޓް ދަތުރެކެވެ. މި އިނާމުގެ ދަށުން ރިޒޯޓް ދަތުރު ހަމަޖައްސައިފައި ވަނީ މަގްބޫލު ރިޒޯޓް ސިޔާމް ވޯލްޑްގަ އެވެ. ފަސް ދުވަހުގެ މި ރިޒޯޓް ދަތުރުގެ ޓްރާސްފާ، ކެއުން އަދި ވޯޓާ ވިލާގައި ހުރުމުގެ އިންތިޒާމް މީޑިއާނެޓުން ވަނީ ހަމަޖައްސާފަ އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މީޑިއާނެޓުން ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތަކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރަމުންނެވެ. އެގޮތުން އައިސް ޓީވީގެ ފަރާތުން މުޅިން އައި ޝައުގުވެރި ބައިވަރު ޝޯވްތަކެއް މި ރަމަޝާންމަހު ފެށުމަށް ހަމަޖެހިފައިވެ އެވެ.
"އެންމެނަށް މީޑިއާނެޓު" ޝިއާރުގެ ދަށުން މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ކުޅިވަރު އިވެންޓްތައް ދިވެހިންގެ ޓީވީ އަދި މޯބައިލް ސްކްރީންތަކާ ހިސާބަށް ގެނެސްދެމުންނެވެ.