އެނާޖީ ބުއިންތަކުން ލިބޭ ގެއްލުންތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މި ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެއިން ފަދަ ގެއްލުންހުރި މާއްދާތައް ހިމެނޭއިރު ދިވެހި ރާއްޖޭގައި މިދަނީ އާދަޔާޙިލާފަށް މި ބުއިންތައް ބޭނުންކުރަމުންނެވެ.
ރެޑް ބުލް އަދި މޮންސްޓާ ފަދަ އެނާޖީ ޑްރިންކްތަކުގައި ހުންނަ ކެފެއިންގެ މިންވަރު ގިނަވުމުގެ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާއިން ވަނީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑު އަދި ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އެތައް ފަހަރެއް މަތިން ގޮވާލާފައެވެ. ހާއްސަކޮށް އަންހެނުންނަށެވެ.
އެނާޖީ ޑްރިންކްތަކުގެ ސަބަބުން ކެފެއިން އޯވާޑޯސް ވުމަކީ ވަރަށް ވެސް ގާތް ކަމެކެވެ. ކެފެއިން އޯވާޑޯސްއަކުން އަންހެނުންގެ ލޭގެ ޕްރެޝަރު މަތިވެ، މޭނުބައިކޮށް އަދި ހޮޑުލެވުންފަދަ ކަންކަމާ ކުރިމަތި ކުރުވަ އެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑުން އިންސިއުލިން މަދުވެ ޓައިޕް 2 ޑައިބީޓީސްއަށް މަގުފަހިވުމަކީ ވެސް ދިރާސާކުރާ ފަރާތްތަކުގެ ހޯދުންތަކުގެ އަލީގައި ފެނިފައިވާ ކަމެކެވެ.
މީގެ އިތުރުން އަންހެނުންނަށް ދަރިން ހޯދުމަށް ދަތިވެ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވުން ފަދަ ހިތާމަވެރި ކަންކަމާވެސް ކެފެއިންގެ ސަބަބުން ދިމާވާއިރު އެނާޖީ ބުއިންތަކުން ހަށިގަނޑުގައި ވަރުޖައްސައިދީ ކުޅިވަރުކުޅުމަށް ފަސޭހަކޮށްދޭކަމަށް އިޝްތިހާރުކުރި ނަމަވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް ވެސް މެދުވެރިކުރުވަ އެވެ.
މީގެ އިތުރުން މީހާގެ އުޅުމަށް ދާންދެން މި ބުއިންތަކުން އަސަރުކުރާއިރު ހިތުގެ އަދި ނާރުގެ ބަލިތަކަށް ވެސް މި ބުއިންތަކުން މަގުފަހިކޮށްދޭ ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދެއްވާފަ އެވެ.
އެނާޖީ ޑްރިންކްއަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން އިނގޭއިރު ވެސް ދުވާލެއްގެ މައްޗަށް މިފަދަ ދެ ތިން ހަތަރު ދަޅު ބޭނުންކުރާ މީހުން މަދެއް ނޫނެވެ
އެހެން ނަމަވެސް އަންހެނުންގެ ސިއްހަތު ކަށަވަރު ކުރުމަށްޓަކައި މިފަދަ ބުއިންތަކުން ދުރުވެ ތިބުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
އިސްކޮޅުގެ ސަބަބުން މަލާމާތާއި ފުރައްސާރަ އަމާޒުވި: އަމީތާބު
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު
ފިރިހެނުންނަށް ވެސް ތި ޑްރިންކްސް ބުއިމުން ގެލުންވާނެކަން ނުވިސްނުނީތީ އަޖައިބު ވެއްޖެ!