ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އަތުން 2-0 އިން ސެވިއްޔާ މޮޅުވެއްޖެ އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޖޫލްސް ކޫންޑޭ އެވެ. އަދި މެޗުގެ 85 ވަނަ މިނިޓުގައި ސެވިއްޔާގެ ދެވަނަ ލަނޑު ޖެހީ ބާސާ އަށް ކުރިން ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރ އީވާން ރަކިޓިޗެވެ.
މި މޮޅާއެކު، މާޗު މަހުގެ ތިން ވަނަ ދުވަހު ބާސާގެ ދަނޑުގައ ކުޅޭ ދެވަނަ ލެގަށް ސެވިއްޔާ ނުކުންނަނީ ބޮޑު އެޑްވާންޓޭޖަކާއެކު އެވެ.
މީގެ ތިން އަހަރު ކުރިން، ބާސާ އިން ވަނީ ސްޕެނިޝް ކަޕްގެ ފައިނަލްގައި ސެވިއްޔާ އަތުން 5-0 އިން މޮޅުވެފަ އެވެ.
މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ވާދަކުރަނީ ލެވާންޓޭ އާއި އެތުލެޓިކޯ ބިލްބާއޯ އެވެ. – ބީބީސީ