ދެވަނަ ބޮޑު ހަނގުރާ ނިމެން އުޅެނިކޮށް ޖަޕާންގެ ހިރޯޝިމާއަށް އެމެރިކާ އިން ވައްޓާލި އެޓޮމިކް ބޮން ގޮވި ވަގުތު، ހުއްޓުނު ކަމަށް ބެލެވޭ ގަޑިއެއް ނީލަމުގައި ވިއްކާލައިފި އެވެ.
ގަތް ފަރާތް ސިއްރުކުރެވި ފައިވާ އެ ގަޑި ވިކުނު އަގަކީ 31،113 އެމެރިކާ ޑޮލަރެވެ.
މީގެ 79 އަހަރު ކުރިން ހިނގި އެ ހާދިސާގައި ހުއްޓުނު ކަމަށް ބެލެވޭ ގަޑި ހޯދީ އެ ސަރަހައްދަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ އިނގިރޭސި ސިފައިންގެ މީހެކެވެ.
ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން ނެގި ގަޑީގެ މޫނުމަތި ފުސްވެ ބާވެފައި ވީނަމަވެސް، އޭގެ ކަށި އެނގެން ހުރެ އެވެ. ގަޑި ހުއްޓުނު ވަގުތެއް ކަމުގައި ދައްކަދެނީ ހެނދުނު 8:15 އެވެ.
ބުނެވޭ ގޮތުގައި އެއީ ބޮންގޮވި ވަގުތެވެ. ނީލަން ކިއުމުގައި އިސްކޮށް ހުންނެވި ބޮބޯ ލިވިންގްސްޓަން ބުނާ ގޮތުގައި އެ ގަޑި ހަނދާން ކޮށްދޭ އެއްކަމެއް އޮވެ އެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމާގައި މަރުވެދިޔަ މީހުންގެ ގިނަ ކަމެވެ. މިއީ އިންސާނުންނަށް ހުއްޓުވޭނެ ޖަރީމާތަކެވެ.
އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 5 ހުވަފެނެއް!
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ތަރިންގެ ތަފާތު ފެނިލުންތަކެއް!
އަންހެން ތަރިންނަށް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ: ކްރިތީ