އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބާބާ ސިއްދީގީއާއި އޭނާގެ ދަރިފުޅު ސިއްދީގީގެ ފަރާތުން ބޮލީވުޑް ތަރިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު މުމްބާއީގެ ފައިވްސްޓާ ހޮޓަލެއްގައި ބޭއްވި އެ ރޯދަ ވީއްލުމުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިފައިވެ އެވެ.
އެގޮތުން އެ ހަފްލާއަށް ދިޔަ ތަރިންގެ ތެރޭގައި ސަލްމާން ޚާން، އިމްރާން ޚަޝްމީ، ޕްރިތީ ޒިންތާ، ހުމާ ގުރޭޝީ އަދި ޝްވެތާ ތިވާރީ ފަދަ ތަރިން ހިމެނެ އެވެ.
ބޮލީވުޑް ތަރިންގެ އިތުރުން ވެސް ޓީވީގެ ފަންނާނުންނާއި ބައެއް ސިޔާސީ ފަރާތްތައް ވެސް ބާބާ ސިއްދީގީގެ އެ ހަފްލާ ތެރެއިން ފެނިގެންދިޔަ އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވެސް ބާބާ ސިއްދީގީ މިފަދަ ރޯދަ ވީއްލުމެއް ބާއްވަ އެވެ. އެ ރޯދަ ވީއްލުމުގައި އާއްމުކޮށް ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ފެނެ އެވެ.
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
އަހަރެން އަދި މަރެއް ނުވޭ: ޝަކްތީ