މިއަދު 112 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 38،591 މީހުން މިހާތަނަށް ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 5،485 މީހުންނެވެ. އޭގެތެރެއިން 4،257 މީހުންނަކީ މާލެއިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 1،129 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 31،322 އެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި ޖުމްލަ އަކީ 7،170 އެވެ.

މިއަދު އިތުރު ޕޮޒިޓިވްވި 112 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 81 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 11 މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހެކެވެ.

މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދަކީ 17،821 އެވެ. އަދި 15،448 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 2،315 އެވެ. އޭގެތެރެއިން 193 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 58 މީހަކު ވަނީ މަރުވެފަ އެވެ.