މިއަދު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުއާއި ޓައިގާ ޝްރޮފްގެ ފިލްމު "ބަޑޭ މިޔާން ޗޯޓޭ މިޔާން"އަށް ބޮކްސްއޮފީހުގައި ފިނި ތަރުހީބެއް ލިބިއްޖެ އެވެ.
އެގޮތުން އެ ފިލްމުގެ ޓިކެޓު ވިއްކަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ދުވަހުގެ ޝޯތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ އެއް ކްރޯޑް ރުޕީސް އެވެ.
އިއްޔެ ނެރެން ހަމަޖެހިފައި އޮތް އެ ފިލްމު ރިލީޒް ކުރުން ޕްރޮޑިއުސަރުން މިއަދަށް ފަސް ކޮށްފައިވަނީ އިންޑިއާގައި ފިތުރު އީދު ފާހަގަ ކުރަނީ މިއަދު ކަމަށް ވުމުންނެވެ.
އާއްމުކޮށް ފިތުރު އީދާ ދިމާކޮށް ސިނަމާތަކުގައި އަޅުވަނީ ސަލްމާން ޚާންގެ ފިލްމެކެވެ. އެހެން ނަމަވެސް މިއަހަރު ސަލްމާންގެ ފިލްމެއް ނެރެން ހަމަޖެހިފައި ނެތުމާއެކު އީދުހެން ވެސް ހީނުވާ ކަމަށް ގިނަ މީހުން ބުނެ އެވެ.
"ބަޑޭ މިޔާން ޗޯޓޭ މިޔާން" އަކީ 1990ގެ އަހަރުތަކުގައި އަމީތާބް ބައްޗަންއާއި ގޯވިންދާ ފެނިގެންދިޔަ ފިލްމުގެ ރީމޭކެއް ކަމުގައި ބެލެވެ އެވެ.
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ
އެންމެ ފަހުން އެމްބާގެ ރުޅިގަނޑު ފަޅައިގެން ގޮސްފި
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!