މިހާރު އަލަތު ދަރިފުޅަށް ބަލިވެ އިން ދީޕިކާ ޕަދުކޯންއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންހް އެކުގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޗުއްޓީގެ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ. އެހެން ނަމަވެސް އެ ދެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮންތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ކެމެރާއަށް ފުރަގަސް ދީގެން ދީޕިކާ ހުރި ފޮޓޯއެއްގައި އޭނާގެ ހަންގަނޑު އިރުގެ ހޫނުން އަނދާފައިވާކަން ފާހަގަވެ އެވެ. އެއާއެކު އޭނާ ވަނީ ގޮނޑުދޮށެއްގައި ވަގުތު ހޭދަކުރާ ކަމަށް ބުނެފަ އެވެ.
ދީޕިކާގެ ފޮޓޯތަކުގައި އޭނާގެ މޫނު ފެންނަން ނެތުމުން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން އޭނާ މާބަނޑުއިރުގެ ފޮޓޯއެއް މިހާތަނަށް އާއްމުވެފައި ނުވާއިރު އެފަދަ ފޮޓޯއެއް ބޭނުންވާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ބަލިވެ އިންކަން އިއުލާން ކުރުމަށްފަހު ދީޕިކާ ވަނީ ބޮލީވުޑް މަސައްކަތްތަކުން ކުޑަކޮށް ދުރަށް ޖެހިލާފަ އެވެ. އޭނާގެ ބަނޑަށް ދުވަސް ފުރޭނީ އަންނަ ސެޕްޓެމްބަރުގަ އެވެ.
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
ފްލައިޓްތައް ކެންސަލްވެ، ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވިފައި
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!