ބަރުދަން ލުއިކުރުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. އެހެން ނަމަވެސް ވަކި ސަބަބަކާ ނުލާ މާ ބޮޑަށް ބަރުދަން ލުއިވުމަކީ ކަންބޮޑު ވާންޖެހޭ ކަމެކެވެ.
ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެނެސްގެންނާއި ކަސްރަތު ކޮށްގެން ބަރުދަން ލުއި ކުރެވޭއިރު މިއިން ސަބަބަކާނުލާ މާ ބޮޑަށް ބަރުދަން ލުއިވުމަކީ ސިއްހީ މައްސަލައެއްގެ ނިޝާނެއް ކަމަށް މާހިރުން ބުނެ އެވެ.
އެގޮތުން މިގޮތަށް ބަރުދަން ލުއިވުމަކީ ކެންސަރާއި ގޮހޮރުގެ ބަލިތައް ފަދަ ފުރާނައަށް ނުރައްކާވާ އަވަހަށް ފަރުވާ ހޯދަން ޖެހޭ ހާލަތްތައް އަންގައިދޭ ކަމެކެވެ.
މީގެ އިތުރުން ވެސް ހާއްސަ ސަބަބެއް ނެތި މާ ބޮޑަށް ބަރުދަން ލުއިވުމުގެ ފަހަތުގައި ޑިޕްރެޝަންއާއި އެންޒައިޓީ ފަދަނަފްސާނީ މައްސަލަތައް ވެސް ހިމެނޭ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
އެހެން ކަމުން ސަަބަބަކާ ނުލާ ބަރުދަން ލުއި ވުމަކީ މާބޮޑު މައްސަލައެއް ކަމަށް ހީނުވިޔަސް އެއީ ވަގުތުން ސަމާލުކަން ދޭންޖެހޭ ވަރުގެ ކަމެކެވެ<