ބުރަ ދިރިއުޅުމެއް އުޅޭ މީހުންނަށް ބަރުދަން ލުއި ކުރުމުގެ ބޭނުމުގަި ހާއްސަކޮށް ޖިމްއަށް ނުވަތަ ކަސްރަތަށް ދިއުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ.
އެހެން ނަމަވެސް އެފަދަ މީހުންނަށް ވެސް ވަރަށް ފަސޭހައިން ބަރުދަން ލުއިކޮށް ބޭނުންވާ ހަށިގަނޑުގެ ބައްޓަން ހާސިލް ކުރެވޭނެ ގޮތެއް އެބަ އޮތެވެ.
ހެނދުނު ހޭލާ ގޮތަށް އޮފީހަށް ގޮސް މުޅި ދުވަސް އެތަނުގެ މޭޒެއްގެ ދޮށުގައި އިނދެ ހޭދަކުރާ މީހުންނަށް މިއީ އޮތް އެންމެ ފަސޭހަ ގޮތެވެ.
އެގޮތުން އޮފީހަށް ދުއްވާ އެއްޗެއްގައި ދިއުމުގެ ބަދަލުގައި ހިނގާފައި ދާން އާދަ ކުރާށެވެ. އެކަމުން ވެސް ކޮންމެވެސް ވަރަކަށް ސަރުބީ ވިރޭނެ އެވެ.
ގިނަ ބަޔަކު އޮފީހަށް ދިއުމަށްފަހު ވެސް ކުރެވެން އޮތް ގޮތަކުން ހަރަކާތްތެރިވެ އުޅުން މަދު ކުރެ އެވެ. ފުރަތަމަ ފަންގިފިލާއަށް ވެސް ސިޑީގެ ބަދަލުގައި ލިފްޓުން އަރަ އެވެ. އެހެން ނަމަވެސް ސިޑިން އަރާނަމަ އެ ލިބޭ ކަސްރަތަކީ ވެސް ރަނގަޅު ކަސްރަތެކެވެ.
ދެން އޮތް ގޮތަކީ މި ދެގޮތުންކުރެ އެންމެ ރަނގަޅީ ކޮން ގޮތެއްތޯ ކުރެވޭ ސުވާލެވެ. މާހިރުން ބުނާ ގޮތުގައި ސިޑިން އެރުމަކީ ހިނގުމަށްވުރެ ބޮޑަށް ބުންވަރު ބޭނުންވާ ކަމަކަށް ވުމާއެކު ސިޑިން އެރުމަކީ އެންމެ މޮޅު ގޮތެވެ.
ހިނގުމާއި ސިޑިން އެރުމުގެ އިތުރުން ވެސް އޮފީހުގައި އިންނައިރު އެއްތަނެއްގައި މާ ގިނައިރު އިށީނދެ ނީނދެ ތެދުވެ އުޅުމަކީ ވެސް މުހިއްމު ކަމެކެވެ.