1989 ވަނަ އަހަރު ނުކުތް ސަލްމާން ޚާންގެ ފުރަތަމަ ފިލްމު "މެއިނޭ ޕްޔާރު ކިޔާ"އަށް ލިބުނު ކާމިޔާބާއަށްފަހު ބެލުންތެރިންނަށް ދީފައިވާ މެސެޖެއް ފެންމަތިވެއްޖެ އެވެ.
ސަލްމާންގެ އަތުލިޔުމުން ލިޔެފައިވާ އެ މެސެޖުގައި ބެލުންތެރިންގެ ފަރާތުން އޭނާއަށް ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އެއާއެކު ކުރިއަށް އޮތް ތަނުގައި ވެސް ބެލުންތެރިން ބޭނުންވާ ފަދަ މަސައްކަތްތައް ކުރަން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ސަލްމާން ވައުދުވި އެވެ.
މީގެ އިތުރުން ވެސް ބެލުންތެރިން އޭނާއަށް ދޭ ލޯތްބަށް ނިމުން އަންނަ ދުވަހަކީ އޭނާގެ ކެރިއަރުގެ ވެސް އެންމެ ފަހު ދުވަސް ކަމަށް ސަލްމާން އޭނާގެ މެސެޖުގައި ބުނެފައިވެ އެވެ.
އޭގެ ފަހުން ބޮލީވުޑްގައި ސަލްމާން މަސައްކަތް ކުރާތާ 35 އަހަރު ވާން ގާތްވެފައިވާއިރު ބެލުންތެރިންގެ ފަރާތުން އޭނާއަށް ލިބޭ ލޯތްބަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
ނޫމަޑި މައްސަލާގައި ރައީސް ފަނޑިޔާރަށް ރިޝްވަތު ދިންކަމަށް ބުނެފި
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި
ޝާހްރުކް ޚާންގެ ހުއްޓުމެއް ނެތް ޝުކުރު ސަޕޯޓަރުންނަށް!