ރިތިކް ރޯޝަންއާއި ޖޯން އަބްރަހަމްއަކީ ބޮލީވުޑްގައި ނަން މަޝްހޫރު ދެ ތަރިންނެވެ. ސިދްހާތު އަނަންދުގެ ކުރިއަށް އޮތް ފިލްމު "ފައިޓާ 2"ގައި އެ ދެތަރިން އެކުގައި ފެންނާނެ ކަމަށް ބެލެވެ އެވެ.

އެހެން ނަމަވެސް މި ދެތަރިންގެ ގުޅުން އޮތީ ބޮލީވުޑާ ހިސާބުން އެކަންޏެއް ނޫނެވެ. މި ދެތަރިންނަކީ ކުޑައިރު އެއް ކުލާހަކުން ކިޔެވި ދެ ދަރިވަރުންނެވެ.

Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

އެގޮތުން މުމްބާއީގެ ބޮބްބޭ ސްކޮޓިޝް ސްކޫލުގައި އެދެ ތަރިން ކިޔަވަން އުޅުނު ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް އެކްސްގައި މިހާރު އަންނަނީ ދައުރު ވަމުންނެވެ. އެ ފޮޓޯގެ ދެވަނަ ބަރީގައި ހުދު ޔުނީފޯމެއް ލައިގެން ރިތިކް ހުންނައިރު ތިންވަނަ ބަރީގައި މުށި ކުލައިގެ ޔުނީފޯމެއްގައި ޖޯން ހުރެ އެވެ.

ރިތިކް "ކަހޯނާ ޕްޔާރުހޭ"އިން ބޮލީވުޑަށް ތައާރަފްވިއިރު ޖޯންގެ ފުރަތަމަ ފިލްމަކީ ބިޕާޝާ ބާސޫއާއެކު ކުޅެފައިވާ 2003 ވަނަ އަހަރު ނެރުނު "ޖިސްމް"އެވެ.