އަންހެނުންގެ ސިއްހަތަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމެކެވެ. ހާއްސަކޮށް ދަރިމައިވުމުގެ އުމުރު ނިމެންދާ ވަރަކަށް އަންހެނުން އެކި ބަލިތަކަށް ހުށައެޅެ އެވެ. އެހެން ކަމުން 30 ން މަތީގެ ކޮންމެ އަންހެނަކު ވެސް މި ޓެސްޓުތައް ހެދުން މުހިއްމެވެ.
މެމޯގްރާމް
އުރަމަތީގެ އެކްސްރޭގެ ގޮތުގައި ބެލެވޭ މެމޯގްރާމްއަކީ އުރަމަތީގެ ކެންސަރާއި އެނޫން ވެސް އުރަމައްޗަށް ދިމާވާ އެކި ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
ތައިރޮއިޑް ފަންކްޝަން ޓެސްޓް
ހަށިގަނޑުގައި ތައިރޮއިޑް ހޯމޯން ހުރި މިންވަރު ބެލުމަށް ކުރެވޭ މި ޓެސްޓުން ތައިރޮއިޑްގެ އެކި ބަލިތައް ދެނެގަނެވި ކުރީބައިގައި ފަރުވާ ކުރެވެ އެވެ.
ކޮލެސްޓްރޯލް
އުމުރުން މައްޗަށް ދާ ވަރަކަށް އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާއިރު، ގަވާއިދުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލް ބެލުމަކީ އެކަމަށް އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ބްލަޑް ގުލްކޯޒް ޓެސްޓް
ފިރިހެނުންނަށް ވުރެ އަންހެނުންނަށް ހަކުރު ބަލި ޖެހުން ގާތް ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެހެން ކަމުން ގަވާއިދުން ހަކުރުގެ ޓެސްޓު ހެދުމަކީ ދާއިމީ ބޭސްތައް ކެއުމުން ދުރުވާން އެހީވެދޭނެ ކަމެކެވެ.