މާބަނޑު މީހުން ނުވަ މަސް ތެރޭގައި ޖުމްލަ 50،000 ކެލޮރީ ބޭނުންވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އޮސްޓްރޭލިޔާގެ ސައެންސްވެރިން ހެދި މި ދިރާސާގައި މާބަނޑުއިރު ބޭނުންވާ ކެލޮރީގެ އަދަދު ކުރިން ހީކުރި ވަރަށް ވުރެ ގިނަކަން ވަނީ ފާހަގަކުރެވިފަ އެވެ.
މާބަނޑުއިރު ހަކަތައިގެ ހަތަރު ޕަސެންޓް ދަނީ ދަރިފުޅަށެވެ. ބާކީ 96 ޕަސެންޓް ދަނީ މަންމައަށެވެ. ސައެންސްވެރިން ކުރިން ހީކޮށްފައިވަނީ މާބަނޑުއިރު ހަކަތައިގެ ބޮޑު އަދަދެއް ދަނީ ދަރިފުޅަށް ކަމަށެވެ.
މި ދިރާސާގެ ނަތީޖާ އަކީ ހައިރާންކުރުވަނިވި ނަތީޖާއެއް ކަމަށް ސައެންސްވެރިން ވަނީ ބުނެފަ އެވެ. އަދި މި އަދަދު ކުރިން ހީކުރި ވަރަށް ވުރެ ބޮޑީ ދުވަސްފުރާ ކުއްޖަކު އުފެދުމަށްދާ ވަގުތު އިތުރުވުމުން ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ސައިޒް ބޮޑުވާ ވަރަކަށް މާބަނޑުއިރު ބޭނުންވާ ކެލޮރީސްގެ އަދަދު އިތުރު ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000ރ. ގެ ފީއެއް
ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދެނީ