ބޮލީވުޑްގެ މަގުބޫލު ދެ އެކްޓަރުން ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ލޯބީގެ ގުޅުން ފަސް އަހަރަށް ފަހު ނިމުމަކަށް އަތުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ވަކިވާން ނިންމީ ދެމީހުން ވެސް ބޭނުންވާ ގޮތަށް ބެލުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުންނެވެ.

ވަކިވުމުގެ ހަބަރުތައް ފެތުރިފައިވާ މި ދަނޑިވަޅުގައި މަލައިކާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ލޯތްބާއި ހިތްދަތިކަމުގެ ވާހަކަ ދައްކާފަ އެވެ.

އަރްބާޒް ޚާންގެ ކައިރިން ވަރިވުމަށްފަހު މަލައިކާ އޭނާ އާއި އަރްޖުންއާ ދެމެދު އޮތް ލޯބީގެ ގުޅުން އާއްމުކޮށް ޔަގީން ކޮށްދިނީ 2018 ވަނަ އަހަރު އެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން އެ ދެމީހުން އެކުގައި ބޭރު ތެރެއިން ފެނިފައިވާއިރު އެއީ ބޮލީވުޑްގެ ވަރުގަދަ ޖޯޑެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.