ކަރީނާ އާއި ސައިފް އަލީ ހާންއަށް އަނެއްކާ ވެސް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ.
ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިއަދު، ބްރިޖް ކެންޑީ ހޮސްޕިޓަލުގަ އެވެ.
މިއާއެކު އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ތައިމޫރު މިވަނީ ބޭބެއަކަށް ވެފަ އެވެ.
ސައިފް އާއި ކަރީނާ ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ފުރަތަމަ ދަރިފުޅަށް ހަަތަރު އަހަރު ފުރުމާއެކު އެ ދެމަފިރިން ވަނީ ދެވަނަ ދަރިއަކު ހޯދުމަށް ނިންމާފަ އެވެ.
ދެވަނަ ދަރިފުޅަށް ބަނޑުބޮޑުއިރު ކަރީނާ ފެނިގެން ދިޔައީ ސޯޝަލް މީޑިއާ އަދި ޕްރޮފެޝަނަލް ދިރިއުޅުމުގައި ވެސް ވަރަށް އެކްޓިވް ކޮށެވެ.
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
