މިހާރު ކުރިއަށްދާ އަނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން އާއްމުންނަށް ޝާހްރުކްއަކީ ކާކުކަން އޮޅިއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުގައި ޝާހްރުކް ފެންނަނީ ވަރަށް ތަފާތުކޮށެވެ. އިސްތަށިގަނޑާއި މަތިމަސް ހުރީ އާ ގޮތަކަށް ސްޓައިލްކޮށްފަ އެވެ.

އެގޮތުން އިންޓަނެޓު ބޭނުންކުރާ ގިނަ މީހުން ވަނީ އެއީ ޖޯނީ ޑެޕް ކަމަށް ހީކޮށް ވާހަކަ ދައްކާފަ އެވެ. ފެންނަ ފެނުމަށް ޝާހްރުކް ޚާން މިހާރު ހުރިގޮތް ޖޮނީ ޑެޕްއާ ވަރަށް ވައްތަރެވެ. ހަމަ އެއާއެކު ހަމަބައެއް މީހުން އަންނަނީ އެއީ "އިންޑިއާގެ ޖޮނީ ޑެޕް" ކަމަށް ބުނެ ޝާހްރުކް ޚާންގެ އެ ފެނިލުމަށް ތައުރީފް ވެސް ކުރަމުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް ޚާން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ "ކިންގް" ނަމަކަށް ކިޔާ ފިލްމުގެ މަސައްކަތެވެ.