އަނބު އޮށަކީ އާއްމު ގޮތެއްގައި އެއްލާލާ އެއްޗެކެވެ. އަނބެއް ކެއުމަށްފަހު އޭގެ އޮށް އެއްލާލެވެނީ އޭގެ ހަރުކަމުން ކާން އުނދަގޫވީމަ އެވެ. އެހެން ނަމަވެސް އަނބު އޮށަކީ އެކި ގޮތަށް ބޭނުން ކުރެވޭނެ ނުހަނު ފައިދާހުރި އެއްޗެކެވެ.

އަނބުގެ އޮށް މިކްސްޗަރުން ރަނގަޅަށް ފުނޑައި ޕައުޑަރަށް ވުމުން އެއީ ހަކުރުގެ ބަދަލުގައި ސްމޫތީ އަދި އެހެނިހެން ބުއިންތަކަށް އެޅޭނެ ގުދުރަތީ ސްވީޓުނާ އެކެވެ.

ހަމައެއާއެކު އެ އޮށް އޮތް ގޮތަށް އޮއްވައި ހޫނު ފެން އެއްޗަކަށް ލާ ރަނގަޅަށް ކައްކާލުމަށްފަހު އެ ފެން ސައި ގިރުމަށް ބޭނުން ކުރެވިދާނެ އެވެ. އެއީ މެންގޯ ފްލޭވާޑް ޓީ އެވެ.

މީގެ އިތުރުން ވެސް އަނބު އޮށުން ތައްޔާރު ކުރެވޭ ޕައުޑަރަކީ ހަންގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ، މާމުޔާއި އެއްކޮށްގެން ފޭޝަލްއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ.

އެހެން ކަމުން ދެން އަނބެއް ކެއުމަށްފަހު އޭގެ އޮށް އެއްލާލުމުގެ ކުރިން އެއިން ކުރެވޭނެ ގިނަ ބޭނުންތަކާމެދު ވިސްނާލުން ރަނގަޅުވާނެ އެވެ.