ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. އެހެން ކަމުން އެ ކެއުމުގައި ސިއްހަތަށް ރަނގަޅު މާއްދާތައް ހިމެނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ޕްރޮޓީންއަކީ އެ މާއްދާގެ އެންމެ 25 ގްރާމް ނާސްތާގައި ހިމަނައިފިނަމަ ވެސް ސިއްހަތަށް އެތައް ބަދަލުތަކެއް ގެނެސްދޭ މާއްދާ އެކެވެ.

ހެނދުނުގެ އެންމެ ފުރަތަމަ ކެއުމަކަށް ޕްރޮޓީން މުއްސަނދި ކެއުމެއް ހިޔާރު ކުރުމަކީ މުޅި ދުވަހު ހަށިގަނޑުގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ.

ހަމައެއާއެކު ލޭޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދީ ހިތުގެ ދުޅަހެޔޮ ކަމަށްވެސް ޕްރޮޓީންއަކީ ވަރަށް މުހިއްމު މާއްދާއެއް ކަމަށް މާހިރުން ބުނެ އެވެ.

މީގެ އިތުރުން ޕްރޮޓީންއިން ހަށިގަނޑުގައި އުފައްދައިދޭ އެމީނޯ އެސިޑްސްއަކީ ސްޓްރެސް ލެވެލް ދަށްކޮށްދީ ދުވަހުގެ މޫޑު ރަނގަޅު ކޮށްދޭ މާއްދާއެކެވެ.

މި ސަބަބުތަކަށްޓަކައި ހެނދުނުގެ ނާސްތާގައި ކަނޑުމަސް ފަދަ ޕްރޮޓީން ގިނަ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.