ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ބާރުމިނާ މެދު ހިތްހަމަޖެހޭ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާއެކު ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ އިންޑިއާ ސަރުކާރާއި އެމްބަސީ ގުޅިގެން އެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ 38.88 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ މަޝްރޫއުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް މަސައްކަތް ވެސް ވަނީ ނިމިފަ އެވެ. އޭގެތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްންސްގެ 48 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

މިނިސްޓަރު މުއްތަލިބާއި އިންޑިއާ ސަފީރު ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމުގެ ތެރެއިން ---

ހަމައެހެންމެ އެ މަޝްރޫއުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމެންޓްގެ 31 ޕަސެންޓް ކާސްޓްކޮށް ވަނީ ނިމިފަ އެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މިހާތަނަށް ވިލިމާލޭގައި 2026 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މާލެއިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް އެފްކޮންސްއިން ވަނީ ބުނެފަ އެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް 2026 ސެމްޓެމްބަރު މަހުގެ ނިޔަލަށް ގުޅާލެވޭނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.