ބޮލީވުޑްގެ ކާމިޔާބު ވެޓެރަން އެކްޓަރެއް ކަމަށްވާ ހެމާ މާލިނީ ތިންވަނަ ދައުރަކަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން ބޭއްވި އެ ގައުމުގެ އާއްމު އިންތިހާބުގައި ހެމާ ވާދަކޮށްފައި ވަނީ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ޓިކެޓުގައި "މަތުރާ" ދާއިރާގެ ގޮނޑިއަށެވެ.
އެ ދާއިރާއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާދަކުރި ހެމާ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 50،000 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ ކޮންގްރެސް ޕާޓީގެ މުކޭޝް ދަންގަރު އެވެ.
ތިންވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރުމުގެ އުފަލުގައި ހެމާގެ ދަރިފުޅު އިޝާ ޑިއޯލްވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ މަންމަގެ "ހެޓްރިކް"އަށް މަރުހަބާ ކިޔާފަ އެވެ.
1999 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ވަތް ހެމާއަށް އެންމެ ފުރަތަމަ ފުރުސަތު ދިނީ އޭޕީޖީ އަބްދުލް ކަލާމް އެވެ. ބީޖޭޕީއާ ރަސްމީކޮށް އޭނާ ގުޅުނީ 2004 ވަނަ އަހަރު އެވެ.