އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަޟްހާ އީދާއި ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫއިން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ދެކެ އެވެ. އަދި އެ ކުންފުނީގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައް ވެސް ހިމެނޭ ކަމަށް އުރީދޫން ބުނެ އެވެ.

ބޯނަސް ޑޭޓާ އޮފާ ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށް ވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި ގިފްޓް އަ ޕެކް އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށޤ އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބިގެންދާނެ އެވެ. ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވެ އެވެ.

އެ ކުންފުނިން ބުނީ އެކްޓިވޭޓް އެންޑް ވިން ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ ކަމަށެވެ. އަދި ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.

ބޮޑު ޗުއްޓީ ޕެކާއެކު މިޗުއްޓީގެ ހުރިހާ ވަގުތެއްގައި ވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެ އެވެ.

  • 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު.
  • 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު.

މި އަޟްހާ އީދަކީ ވެސް އުރީދޫގެ ކަސްޓަމަރުނަށް ރަނގަޅު ފުރުސަތުތަކެއް އެ ކުންފުނިން އިއުލާންކޮށްފަ އެވެ. މި އޮފާތަކުގެ އިތުރު މައުލޫމާތު ހޯދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕައެޕް ބޭނުންކުރުމަށް އުރީދޫން އިލްތިމާސްކުރެ އެވެ.