ހެމްބާގް (19 ޖޫން) – ކްރޮއޭޝިއާ އިން ފަހަތުން އަރައި ލީޑު ނަގާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި އަލްބޭނިއާ އިން ޖެހި ލަނޑާއެކު 2-2 އިން މެޗު އެއްވަރުވެއްޖެ އެވެ.

ކްރޮއޭޝިއާ ސިއްސުވާލުމަށްފަހު މެޗުގެ 11 ވަނަ މިނިޓުގައި އަލްބޭނިއާ އިން ލީޑު ނެގީ ކާޒިމް ލާސީ ޖެހި ލަނޑުންނެވެ.

އަލްބޭނިއާ އިން ގިނައިރު ލީޑު ހިފެހެއްޓި ނަމަވެސް، މެޗުގެ 74 ވަނަ މިނިޓުގައި ކްރޮޢޭޝިއާގެ ފޯވަޑް އަންދްރޭޖް ކްރަމަރިކް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ކްރޮއޭޝިއާގެ ކްލައުސް ޖަސޫލާ އަތުން ބައިކޮޅަށް ވަތް ގޯލާއެކު ކްރޮއޭޝިއާ އިން ލީޑު ހޯދި އެވެ.

ކްރޮއޭޝިއާ މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި އަލްބޭނިއާ އިން މެޗު އެއްވަރުކުރީ ޖަސޫލާ ޖެހި ގޯލުންނެވެ.

މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އަތުން ބަލިވެފައި އޮތުމުން، ކްރޮއޭޝިއާއަށް ދެން ދެވަނަ ބުރުގެ ފުރުސަތެއް އޮތީ ގުރޫޕްގެ ފަހު މެޗުގައި އިޓަލީ އަތުން މޮޅުވެގެންނެވެ.

އަލްބޭނިއާ ގުރޫޕްގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.