ސާފިން ކުރަން އުޅުމުގެ ތެރޭގައި އުޅެނިކޮށް މިޔަރު ހަމަލާއެއް ދީގެން ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ތަރި ތަމާޔޯ ޕެރީ މަރުވެއްޖެ އެވެ.
ޕްރޮފެޝަނަލް ސާފަރެއްގެ އިތުރުން ލައިފްގާޑެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޕެރީ މަރުވީ ހަވާއީގެ ހޮނުލޫލޫގައި ފީނަން އުޅުމުގެ ތެރޭގަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި އުމުރުން 49 އަހަރުގެ ޕެރީއަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު ސަލާމަތް ކުރެވުނު އިރުވެސް އޮތީ މަރުވެފަ އެވެ.
2011 ވަނަ އަހަރު ނުކުތް ޕައިރެޓްސް އޮފް ދަ ކެރީބިއަންގައި ޖެކް ސްޕެރޯގެ ރޯލުން ފެނިގެންދިޔަ ޖޮނީ ޑެޕްއާއެކު ޕެރީގެ ގިނަ މަންޒަރުތަކެއް ފިލްމުގައިވެ އެވެ.
ތަމާޔޯ މަރުވުމާއެކު ގިނަ ބަޔަކު ތައުޒިއާ ކިޔަމުން އަންނައިރު އޭނާއާއެކު މަސައްކަތްކުރި އެކުވެރިން ބުނާ ގޮތުގައި އޭނާއަކީ ހިތްހެޔޮ، މަޖާ ސަކަ މިޒާޖެއްގެ މީހެއް ކަމަށެވެ.
ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު މަރުވެއްޖެ
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
އުފަން ދުވަހުގެ ހަދިޔާއަކަށް ޔަމާލް ބޭނުންވަނީ ފައިނަލުން ޖާގަ