ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު ނިހާންގެ މައްޗަށް ކުރާ ހަ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ނިހާންގެ ވަކީލުން ވިދާޅުވީ ޕީޖީން ހުށަހެޅި ލިޔުންތައް ސާފުނުވާ ކަމަށެވެ. ޖަވާބުދާރީވާން ބޭނުންވަނީ ލިޔުންތައް ސާފުކުރުމަށް ފަހު ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. ދައުލަތުން އެދުނީ ސާފުނުވާ ލިޔުންތައް ލިޔުމުން އެންގުމަށެވެ. އެ ފުރުސަތު ދިނުމަށްޓަކައި މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަކަށް ނުގެންދެ އެވެ.
ނިހާންގެ މައްޗަށް ރިޝްވަތު ހިފުމުގެ ތިން ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ މަޖިލިސް މެމްބަރަކަށް ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ފައިސާ ހޯއްދެވުމާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ ނިހާން ކުށްކޮށްގެން ހޯދި މުދަލާއި ފައިސާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފަ އެވެ.
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!