ދިގު 8 އަހަރަށްފަހު ޕާކިސްތާނުގެ ކާމިޔާބު އެކްޓަރު ފަވާދު ޚާން އަލުން އެނބުރި ބޮލީވުޑަށް އަންނަން އުޅޭ ކަމަށް އަޑު ފެތުރިއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ފަވާދުއާއެކު ވާނީ ކަޕޫރު ވެސް ފެނިގެންދާ އެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނީ އިނގިރޭސިވިލާތުގައި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވުމުންނެވެ.

މި ފިލްމަކީ ހަޔާތުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދެ މީހުން އެކަކު އަނެކަކާ ބައްދަލުވެ ހިނގާ ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށް އުފައްދާ ރޮމް ކޮމް ފިލްމެކެވެ.

ފަވާދު ޚާންއަކީ މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ފަންނާނެކެވެ. އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި "އޭ ދިލް ހޭ މުޝްކިލް"، "ކަޕޫރު އެންޑް ސޮންސް" އަދި "ހޫބްސޫރަތު" ހިމެނެ އެވެ.

މީގެ އިތުރުން ފަވާދަކީ ބައެއް އިނގިރޭސި ފިލްމުތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ތަރި އެކެވެ. އެގޮތުން މާވެލް ޔުނިވާސްގެ ފިލްމުތަކުގައި އޭނާ ދައްކުވައިދިން ރޯލު ފާހަގަކޮށްލެެވެ އެވެ.

ފަވާދަކީ އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ތަރިއަކަށްވާއިރު އޭނާގެ އެނބުރި އައުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ވެސް ކުރަމުންނެވެ.