އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ބޮޑު ވަޒީރު ކެއިރު ސްޓާމާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެއިރޫގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަނަވަސް ދުވަސްތަކެއް މިންވަރު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖެއާ އެކު މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ލޭބާ ޕާޓީންނެވެ. ލޭބާ ޕާޓީން 408 ގޮނޑި ކާމިޔާބު ކުރިއިރު، ވެރިކަމުގައި ތިބި ކޮންޒަވޭޓިވް ޕާޓީ 136 ގޮނޑި ކާމިޔާބު ކުރި އެވެ.