މި ފަހަރު ހުރިހާގެ ދިހަ ސުވާލު މި އޮތީ އުމުރުން 17 އަހަރުގައި އަމިއްލަ ޔޫޓިއުބް އެކައުންޓެއް ހެދި ޔާނިއާ ރަޝީދު މޫސާއަށް. ޔޫޓިއުބް މެދުވެރިކޮށް ހަޔާތުގެ އެކި ކަންކަން ޔާނިއާ ބެލުންތެރިންނާއި ހިއްސާކުރޭ.

1. އަމިއްލަ ޔޫޓިއުބް ޗެނަލް ހެދީ ކީއްވެ؟

ޖަވާބު: ޔާނިއާގެ ޔޫޓިއުބް ޗެނަލް އަސްލު ހަދައިދިނީ ޔާނިއާގެ ދޮންބެ. އޭރު ޔާނިއާ ސްކޫލް ނިމިގެން ކޮން މަސައްކަތެއް ކުރަންހޭ ބޭނުމީ އަހާލީމާ ޔާނިއާ ބުނީ ގޭގަ ހުރެ ކުރެވޭނެ ކަހަލަ މަސައްކަތެއް ހޯދާ ދިނުމަށް. ޔާނިއާ ދޮންބެ މި ވަގުތު އުޅެނީ ޔޫކޭގައި. އެހެންވެގެން ޔޫޓިއުބް ބޭނުންކޮށްގެން ރުފިޔާ ހޯދޭނެ ގޮތެއް އޮތުމުން ނިންމީ ޔޫޓިއުބަށް ވަންނަން.

2. އިތުރު އެއްވެސް ހޮބީއެއް ހުރޭތަ؟

ޖަވާބު: ހޮބީ އަކަށް ޔާނިއާއަށް ކުރެވޭ އެންމެ ކުރެވޭ ކަމަކީ ފޮތް ކިޔުން. ބޭރަށް ގިނައިން ނުދެވޭތީ އެސްކޭޕްއަކަސް އަސްލު އޮންނަނީ ފޮތް.

3. މިހާތަނަށް ކެވުނު އެންމެ މީރު ޑެޒާޓް ކެއި ކޮންތާކުން؟

ޖަވާބު: ޔާނިއާއަށް މިހާތަނަށް ކެވުނު އެންމެ މީރު ޑެޒަޓްއަކީ ބަކްލަވާ.

https://www.instagram.com/reel/C6bfIq7xnnV/?igsh=ZDZvNDlsdGoxNjd2

4. ޔާނިއާގެ ސަޕޯޓް ސިސްޓަމްއެއް ހުރޭތަ؟

ޖަވާބު: ޔާނިއާގެ ސަޕޯޓް ސިސްޓަމްއެއް އޮވޭ ކޮންމެވެސް ވަރަކަށް. މަންމައާއި ބައްޕައާ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ، ބޮޑަށް ދެމީހުން ވެސް އޯޕަން މައިޑެޑް ވީމަ. އެކަމް ތެރަޕީއަކަަށް ނުދަން އެހެންވީމަ އަސްލު ރަނގަޅު ސަޕޯޓް ސިސްޓަމްއެއް ނޯވޭ.

5. ހޭޓް ކޮމެންޓްސްއާ ޑީލް ކުރާނީ ކިހިނެތް؟

ޖަވާބު: ހޭޓް ކޮމެންޓް އާ ޑީލް އެއް ނުކުރެވޭ އަސްލު. އެއްބައި ފަހަރު ހޭޓް ކޮމެންޓެއް ކޮށްލީމަ ރިޕްލައިއެއް ދެން. އެކަމު އެވާހަކަ ރިއަލް ލައިފްގައި އެއްވެސް މީހެއް ކައިރި ނުދައްކަން، އޮންލައިން ޕްލެޓްފޯމެއްގަ އުޅޭ އިރު ހޭޓް ކޮމެންޓްސް ލިބުމަކީ ނޯމަލް ކަމެއްކަމަށް ޔާނިއާ ދެކެނީ.

6. އެންމެ ހަދާ ހިތްވަނީ ކޮން ކަހަލަ ކޮންޓެންޓެއް؟

ޖަވާބު: ޔާނިއާ އެންމެ ހަދާ ހިތްވާ ކޮންޓެންޓްއަކީ ފެޝަންއާ ގުޅޭ ހުރިހާ ކޮންޓެންޓެއް.

7. އެންމެ ފޭވަރިޓް ފްލާވާ އަކީ ކޮބާ؟

ޖަވާބު: ހުރިހާ މަލެއް ވެސް ކަމުދޭ

https://youtu.be/bFj5u4Qz09Q?si=dUTq9ctQPEZgQnQS

8. އަބަދުވެސް ރިކޮމެންޑް ކުރާނެ ރެސްޓޯރެންޓެއް އެބައިންތަ؟

ޖަވާބު: ޔާނިއާއަށް ވަރަށް މީރު މޭންހޭޓަންގެ ކާ އެއްޗެހި އަދި ދިވެހި ކާ އެއްޗެހި ވެސް ވަަރަށް މީރު. އެހެންވީމަ މޫން ކެފޭ ރިކޮމެންްޑް ކޮށްލާނަން.

9. މީހަކަށް ރިކޮމެންޑް ކުރާނެ ވާހަކަ ފޮތެއް އެބައިންތަ؟

ޖަވާބު: އާންމުކޮށް ކިޔާ އުޅެނީ އިނގިރޭސި ފޮތްތައް. އެގޮތުން އެންމެ ކަމުދަނީ "ދަ ބާސްޓާޑް އޮފް އިސްތާންބުލް" މި ފޮތުގެ ޕްލޮޓް ޓުވިސްޓްތައް ވަރަށް ސަޅި.

10. ކުރިއަށް ދާން ބޭނުމީ ޑިޖިޓަލް ކްރިއޭޓަ/ ޔޫޓިއުބާ އެއްގެ ގޮތުގަތަ؟

ޖަވާބު: ލައްބަ. ޔާނިއާ ކުރިއަށް ދާން ބޭނުމީ ހަމަ މިދާއިރާއިން. އެކަމަކު ޔާނިއާއަށް އަދި 18 ވީ އެހެންވީމަ މި ވިސްނުމަށް ބަދަލު އަންނާނެ ކަން ޔާނިއާއަށް ޔަގީން.

https://youtu.be/0vv8UPOfQrc?si=YBJqaMYFGLrQv4R3