ސްޓްލެކޯ ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްލައި ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކޭބަލު ބުރިކޮށްލައިގެން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ 32 އަހަރުގެ ފިރިހެނަކު ހެންވޭރު ޕޮލިސް އިން މިއަދު ފުލުހުންގެ ބެލުމުގެދަށަަށް ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ނެގުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ.
މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލު ބުރިކޮށް ނެގުމަށްފަހު، އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެ އެވެ.
ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.
މީގެކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ސަބް ސްޓޭޝަނަކުން ކަރަންޓް ކޭބަލެއް ވަގަށް ނަގަނިކޮށް ކަރަންޓްގައި ޖެހިގެން މީހަކު މަރުވެފައިވެ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!