ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ޒިފްލީނާ ބައްލަވައިގަަތީ އެފްޑަބްލިއު ރެޒިޑެންސްގެ ފުލެޓެކެވެ. އެ ފުލެޓަކީ 1،235.42 އަކަފޫޓުގެ ބޮޑުމިނުގެ އެޕާޓުމެންޓެކެވެ.
ޒިފްލީނާ، އެޕާޓްމަންޓް ބައްލަވައިގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން އެޗްޑީސީ އަށް އެއްކޮށް ދައްކައި ހަލާސްކޮށްފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.
ޒިފްލީނާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވައިފަ އެވެ. އެ އިންތިހާބުގައި އޭނާ ދިޔައީ ތިން ވަނައަށެވެ.
ލިއަމްގެ މަރުގެ ތުހުމަތު އެޅުވުމުން ސައިމަންގެ ހޫނު ރައްދެއް!
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
މޫޑީސްއިން ރާއްޖޭގެ ރޭޓިން "ސްޓޭބަލް"އަށް ބަދަލުކޮށްފި