މާލެއިން 117 ކޭސްއާ އެކު މިއަދު ޖުމްލަ 133 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 4 މީހަކު، ރިސޯޓްތަކުން ޖުމްލަ 12 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 133 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،479 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،410 ގައި މިހާރު ހުރިއިރު 17،002 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.
މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ.
އެމެރިކާއިން އަދިވެސް އީރާނުގެ ޖަވާބެއްގެ އިންތިޒާރުގައި
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
